fuvahmulah

Just another WordPress.com weblog

  • Famous Articles

  • Pages

  • Latest Posts

  • Post Archives

  • Meta

  • Categories

  • Top Clicks

    • None
  • Advertisements

ފުވައްމުލަކުގެ ތޮށި ލުމުގެ

Posted by athifibrahim on February 25, 2009

ކޮންމެ ކަމެއްގެ ނަތީޖާ އެއްގެ ގޮތުން ނަމަވެސް މިއަދު މިވަނީ މިރަށުގެ ދެމިއޮތުން އަހަރެމެން އަޅާ ފިޔަވަޅަކާ ގުޅިފައެވެ. ގުދުރަތީ ގޮތުން އޮތް ހިމާޔަތުގެ ނިޒާމު މިއަދު މިވަނީ ކަންފަތި ވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ރަށުގެ ހިމާޔަތަށް ލާން ހަމަ ޖެހުނު ތޮށިގަނޑު ލުން މިހާރު މިވަނީ ފަސްކޮށްފައެވެ. ބަޖެޓް ގައި ފައިސާ ނެތުމުގެ ސަބަބުންނެވެ. ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓްގައި ކުރަން ކަނޑަ އަޅައި މިހާތަނަށް ނުފެށި ހުރިމަޝްރޫއުތައް ފިނޭން މިނިސްޓަރ މިއަހަރު ނުފަށާގޮތަށް ހަމަޖެއްސެވިއިރު  ފުވައްމުލަކުގެ ތޮށި ލުމުގެ މަޝްރޫއު ވެސް ހިމެނުނީ އެވެ. ކެންސަލް ކުރެވުނު މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ ބަނދަރު ހެދުންފަދަ، ފަޅު ފުން ކުރުންފަދަ، ބޮޑެތި އިމާރަތް ތައް ބިނާ ކުރުން ފަދަ ކަން ކަމެވެ. އެ ކަމެއް ނުކޮށް ހުއްޓާލުމުން ދިހަހާހަށް ވުރެ ގިނަމީހުން ގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅޭ ފަދަ އެއްވެސް ކަމެއް މީގެ ތެރޭގައި ނުހިމެނެއެވެ.

ރާއްޖެގެ އާބާދީގައި ހިމެނޭ ތިން ލައްކަ މީހުންގެ ތެރެއިން ބޮޑު ބަޔަކާ، ފެށުން އެނގުމެއް ނުވާ ކާބަފައިންގެ ފަރާތުން ވާރުތަކޮށްފައިވާ ޙަޟާރަތް، ކަނޑުގެ ރާޅުތައް އައިސް ޖަހައި ގަންނަ އިރު އެއީ ކުޑަ ކަމަކަށް ނުވާނެއެވެ. ދިވެހި ރާއްޖޭގެ ރަށްތަކަކީ އެއްރަށް ގިރި އަނެއް ރަށްއަ އުފެދޭ ރާއްޖެއެކޭ ބުނެއުޅޭ އުސޫލުން ފުވައްމުލައް ނެތި ދިޔަޔަސް އަދިވެސް ބާކީ އެތައް ހާސް ރަށެއް އެބައޮތް ކަމުގައި ބެލެވެނީ ބާވައެވެ. އެހެނަސް ރާއްޖޭގެ ޗާޓުން ފުވައްމުލައް ފޮހެވިގެން ދާ ދުވަހަކީ ރާއްޖެ ނެތި ދިޔުމުގެ ފެށުމެވެ. ނުވަތަ އޭގެ ނިމުމެވެ. އެދުވަހަކުން އުނި ކުރެވުނު ބަޖެޓުގެ ފައިސާއިން ފިނޭންސް މިނިސްޓަރ ޖިހާދަށް ކުރެވޭނީ ކޮން ކަމެއް ބާވައެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: